މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި “ސައިބަރ އެވެއަރނަސް ސެޝަން” އެއް އިއްޔެ ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށްގެންގޮސްފައި ވަނީ މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި އީއެސްޖީ އަދި އައިކޯސްޓްގެ އޮފިސަރުން ހިމެނޭގޮތަށް 39 އޮފިސަރުންނަށެވެ.

މި ސެޝަން ހިންގުމުގެ މަޤްޞަދަކީ އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިމަތިވާ އެކިއެކި މައްސަލަތަކަށް އަހުލުވެރިކުރުމާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.
“ސައިބަރ އެވެއަރނަސް ސެޝަން” ކުރިއަށް ގެންގޮސްފައިވަނީ އައިޓީ އެކްސްޕަރޓް އިބްރާހިމް ރަޝީދުގެ އެހީތެރިކަމާއެކުގައެވެ.