އެމްސީއެސް އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން “ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ” ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން “ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ” ބާއްވައިފިއެވެ.

25 އޮގަސްޓު 2024 ން ފެށިގެން 28 އޮގަސްޓު 2024 ށް ކުރިއަށްދިޔަ މި ސެމިނަރއަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނަރގެ ތެރެއިން ދެވަނަ ސެމިނަރއެވެ.

މި ސެމިނަރގެ ނިމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ކޮމިޝަ ނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އަދި ސީނިއަރ ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސެމިނަރތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން މި ސެމިނަރގައި ބައިވެރިވެފައި ވަނީ 17 ސީނިއަރ ލެވެލްގެ އޮފިސަރުންނެވެ. އަދި މި ދެވަނަ ސެމިނަރގައި ސަމާލުކަން ދީފައިވަނީ “ރޯލް އޮފް ޕްރިޒަން: އިންޓަރނޭޝަނަލް ގުޑް ޕްރެކްޓިސަސް”، “ލީޑިންގެ އެންޑް މެނޭޖިންގ އަދަރސް”، “އޯގަނައިޒޭޝަނަލް ކަލްޗަރ”، “ލީޑިންގ ޓީމްސް”، “މެނޭޖިންގ ޔޯސެލްފް” އަދި “ސްޓާފް ރެޒީލިއަންސް އެންޑް ވެލްބީއިންގ” އަށެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ސެމިނަރގައި އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސްއެވެ. އަދި މި ސެމިނަރގައި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ ޕްރޮފެސަރ ޑރ. ޖޯ ކްލާކް , ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލްއެވެ. މިގޮތުން ޑރ. ޖޯ ކްލާކް އަކީ ކުށްވެރިންގެ ޢަދުލުގެ ނިޒާމުގައި 23 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އަދި މި ފެސިލިޓޭޓަރގެ މައިގަނޑު ދާއިރާއަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އެމީހުން މަސައްކަތްކުރާ މުވައްސަސާގެ ހެޔޮކަން ތަރައްޤީކުރުމެވެ.