ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 19 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މި ބެޗްގައި ޖުމްލަ 55 ފިރިހެން ޤައިދީން ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެފަރާތްތަކަކީ އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށްމަގުފަހިކޮށްދިނުމެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ހަތަރު ފޭސްއެއްގެ މައްޗަށެވެ. އެއީ ޤައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާއި އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާއި “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ. ފުރަތަމަ ފޭސްގައި ބޮޑަށް ކުރިއަށް ގެންދާނީ ލައިފްސްކިލްސް ކްލާސްތަކާއި ދީނީ ކްލާސްތަކުގެ އިތުރުން ފުޓްޑްރިލް އާއި ޕީޓީ ކްލާސްތަކެވެ.