އީއެސްޖީ އޮފިސަރުންނަށް ރިފްރެޝަރ ޕްރޮގްތާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އެމަޖަންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގައި މަސައްކަތްކުރާ އޮފިސަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް އިއްޔެ މާފުށީ ޖަލުގައި ހިންގައިފިއެވެ.

އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ރިފްރެޝަރ ޕްރޮގްރާމްގައި ޖުމްލަ 54 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ރިފްރެޝަ ގެ މަޤްޞަދަކީ  އެމަޖެންސީ ސަޕޯޓް ގްރޫޕް ގައި މަސައްކަތްކުރާ އޮފިސަރުންނަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ހެދުމަށާއި، އޮފިސަރުންނަށް ލިބިފައިވާ ތަމްރީންތައް ރިފްރެޝްކޮށް ޤަނޫނާއި ޤަވައިދުތަކައް އޮފިސަރުން އަހުލުވެރިކުރުވުމެވެ. އަދި އޮފިސަރުންނަކީ ސިފަވަންތަ ބައެއްގެ ގޮތުގައި ހެދުމަށާއި އޮފިސަރުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ޓީމްވޮކް އިތުރަށް ވަރުގަދަކުރުމެވެ.

މި ރިފްރެޝަރ އަކީ އިމަރޖެންސީ ސަޕޯޓް ގްރޫޕް އިން މަހަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ލީޑަރޝިޕް، ޔޫސް އޮފް ފޯސް، ޑްރިލް ފަދަ މޮޑިއުލްތައް ކިޔަވައިދެއެވެ.