“ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ” ގެ 6 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ ގެ ހަ ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

45 ފަސް ދުވަހަށް ކުރިއަށް ގެންދާ މި ޓްރޭނިންގގައި އެމްސީއެސްގެ އެކި ޖަލުތަކުންނާއި ހެޑް އޮފީހުން 46 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޓްރޭނިންގގެ މައިގަނޑު މަޤްޞަދަކީ މި ޓްރޭނިންގ ފުރިހަމަކުރާ އޮފިސަރުންނަކީ ޖަލުތަކަށް ދިމާވާ އެމަޖެންސީ ހާލަތްތަކަށް ރެސްޕޮންޑްކޮށް، އެކަން ޤާނޫނުގެ އިމުގެ ތެރެއިން ހައްލުކުރުމުގެ ޤާބިލުކަން ހުރި  ކެތްތެރި އަދި ކެރޭ އޮފިސަރުންތަކެއް ބިނާކުރުމެވެ. މީގެ އިތުރުން ހައި ސެކިއުރިޓީ ޤައިދީން އެސްކޯޓްކުރުމާއި ޖަލުތަކުގައި އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓަން މަސައްކަތްކުރަން ދަސްކޮށްދިނުން ހެމެނެއެވެ.

  މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރާ އޮފިސަރުންނަށް އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމްގައި ޕްރައިމަރީ ރެސްޕޮންސް ޓީމް ފޯމޭޝަން، ރިސްޓްރެއިން އެންޑް އެސްކޯޓް، އޮފިސަރ ސޭފްޓީ ޓްރޭނިންގ، ސަރޗް ޕީޕަލް އެންޑް ޕްރޮޕަޓީސް، ފަރސްޓް އެއިޑް އެންޑް ކޮމިއުނިކޭޝަން، ފަޔަރ ފައިޓިންގ ފަދަ ކްލާސްތައް ހިމެނުނެވެ. މީގެ އިތުރުން އޮފިސަރުންނަށް ޤާނޫނުގެ ޒިންމާއާއި ޤާނޫނީ ގޮތުން ލިބެދޭ ބާރުތައް ކިޔަވާދޭނެއެވެ.