20 ޤައިދީންނާއެކު “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ގެ 6 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތައުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯހުގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

05 ހަފްތާއަށް ކުރިއަށްގެންދާ މި ކޯހުގެ 06 ވަނަ ބެޗްގައި 20 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ތެރެއިން، ކޮމްޕިއުޓަރ ބޭނުންކުރާނެ ގޮތްތަކާއި، ކޮންޕިއުޓަރ ސިސްޓަމެއްގެ ބޭސިކް ބައިތައް ދަސްކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރާ ބަޔަކަށް ޤައިދީން ހެދުމަށް މަސައްކަތްކުރުމެވެ. 

މި ކޯހުގެ ބައިވެރިންނަށް ވިންޑޯސް 7، ބޭސިކް ފައިލް މެނޭޖްމަންޓް، އިންޓަރނެޓް، އިންޓްރޮޑަކްޝަން ޓު ކީބޯޑިންގ، އިންޓްރޮޑަކްޝަން ޓު ނެޓްވަރކިންގ އަދި އިންޓްރޑަކްޝަން ޓު ހާޑްވެއަރ އެންޑް ސޮފްޓްވެއަރގެ އިތުރުން އިނގިރޭސި އަދި ހިސާބުވެސް ކިޔަވަދޭނެއެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.