ޔޫއެންއޯޑީސީ އާ ގުޅިގެން ހިންގި “ދި ނެލްސަން މަންޑޭލާ ރޫލްސް” ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނިމިއްޖެ

ޔޫއެންއޯޑީސީއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” އާ ގުޅޭގޮތުން ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް މިއަދު ނިމިއްޖެއެވެ.

20 ސެޕްޓެމްބަރ 2020 ގައި ފެށި މި ޓްރޭނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޔޫއެންއޯޑީސީއަށާއި މިނިސްޓްރީ އޮފް ހޯމް އެފައަރޒްއަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. އަދި ބައިވެރިންނަށް މުހާތަބްކުރައްވައި، މި ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެދިލެއްވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ޖަލުތަކުންނާއި ހެޑް އޮފީހުން ޖުމްލަ 38 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި “ދި މަންޑޭލާ ރޫލްސް” ގައި ހިމެނޭ ކަންތައްތަކާގުޅޭ މޮޑިއުލްސްތައް ބައިވެރިންނަށް ކިޔަވާދީފައިވެއެވެ. އޭގެ ތެރޭގައި އެ ރޫލްސްގެ އޮވަރ ވިއު، ޕްރިޒަން ކޮންޑިޝަންސް، ޕްރިޒަން ރެޖީމް، ސޭފްޓީ އެންޑް ސެކިއުރިޓީ، ހެލްތްކެއަރ އަދި ސޭފްގަރޑް ހިމެނެއެވެ. އަދި މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރެވޭނީ ކޮންމެ ބައިވެރިޔަކު ކިޔަވައިދިން ބައިތަކަށް އެސައިންމަންޓެއް ހަދައި، އޭގެން ފާސްވުމުންނެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.