އީއެސްޖީ އޮފިސަރުންނަށް ރިފްރެޝަރ ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އެމަޖަންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އޮފިސަރުންނަށް ދެ ދުވަހުގެ ރިފްރެޝަރޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

06 ޑިސެމްބަރ 2019 އިން 07 ޑިސެމްބަރ 2019 އާއި ހަމައަށް ކުރިއަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ބޭއްވި ރިފްރެޝަރ ޕްރޮގްރާމްއެކެވެ.

IMG_7560

މި ރިފްރެޝަރގައި ބައިވެރިވެފައިވަނީ އެކި ޖަލުތަކުގައިމަސައްކަތްކުރާ ޕީ.އާރް.ޓީ. ޓްރޭނިނގ ހަދާފައި ތިބި އޮފިސަރުންގެ ތެރެއިން 50 އޮފިސަރުންނެވެ. މީގެ ތެރޭގައި އީއެސްޖީ ނޫން އެހެން ޑިފަރޓްމަންޓްތަކުގައި މަސައްކަތްކުރާ ބައެއް އޮފިސަރުން ހިމެނެއެވެ.

މާފުށީ ޖަލުގައި ބޭއްވި ރިފްރެޝަރ ޕްރޮގްރާމްގެ ނިމުމުގެ ރަސްމީއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްގެ އިތުރުން އީއެސްޖީގެ ކޮމާންޑަރ ޗީފް ޕްރިޒަން އޮފިސަރ ހުސެއިން ރިލްވާންއެވެ.

IMG_7563

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް މިފަދަ ރިފްރެޝަރ ޕްރޮގްރާމް ހިންގުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުން މަސައްކަތު މާހައުލުގައި ޓްރޭނިންގ ތެރެއިން ދަސްވިކަންކަން ރަނގަޅުގޮތުގައި ބޭނުން ހިފުމަށް ނަސޭހަތްތެރިވިއެވެ. އަދި އިސްވެރިންނަށް އިހްތިރާމްކުރުމުގެ މުހިއްމުކަމަށް އޭސީޕީ އާސިފް އަލި އަޅުއްވާލެއްވިއެވެ.

މި ރިފްރެޝަރ ޓްރޭނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރޭނިންގ، ބޮޑީ އަރމަރ އެންޑް ފަޔަރ ޑްރިލް، ސެލްފް ޑިފެންސް ޝީލްޑް އެންޑް ޑްރިލް ފަދަ ކްލާސްތައް ހިމެނުނެވެ. މީގެ އިތުރުން ލީގަލް ސެކްޝަން ފަރާތުން އެމްސީއެސްގެ އޮފިސަރުންނަށް ޤާނޫނީ ގޮތުން ލިބެދޭ ބާރުތަކާއި ޤާނޫނީ އެކިކަންތައްތަކާއިބެހޭ ކްލާހެއްވެސް ވަނީ އެކުލަވާލާފައެވެ.