މާފުށީގައި ޑީޕީ ކަޕްގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި

މާފުށީ ޖަލުގައި، ޑީޕީ ކަޕް 2019 ގެ ނަމުގައި ފުޓްސަލް މުބާރާތެއް އިއްޔެ ފަށައިފި އެވެ.

މި މުބާރާތަކީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންސް އޭއެސްޕީ އަހުމަދު ރިޒާގެ އިސްނެންގެވުމަކަށް އެޖަލުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ، އެޖަލުގެ އެކި ޑިޕާޓްމަންޓްތަކުން ނުކުންނަ ޓީމްތަކެވެ. މި މުބާރާތަކީ ޖަލުގެ އޮފިސަރުންނާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހި ކުރުވުމުގެ މަޤޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމް ހުށަހެޅިފައިވާއިރު، މުބާރާތުގައި 12 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 31 ގެ ނިޔަލަށް މާފުށީ ފުޓްސަލް ސްޓޭޑިއަމްގަ އެވެ. މިއީ މިމުބާރާތް ސިލްސިލާކޮށް ބާއްވާތާ ދެވަނަ ފަހަރެވެ.