ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019: ތިން ވަނަ މެޗު މާލޭ ޖަލުން ކާމިޔާބު ކޮށްފި

މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019 ގެ ތިން ވަނަ މެޗު މާލޭ ޖަލުން ކާމިޔާބުކޮށްފި އެވެ.

މި މެޗު މާލެ ޖަލުން ކާމިޔާބުކުރީ އައްސޭރި ޖަލާ ވާދަކޮށް 8 – 2 ގެ ނަތީޖާއަކުން އައްސޭރިޖަލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޙާސިލް ކުރީ މާޅެ ޖަލުގެ ޖަރޒީ ނަންބަރު 10 ލާންސް ކޯޕްރަލް އަމްޖަދު އަލީ އެވެ.

މި މުބާރާތަކީ، އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުވުމުގެ މަޤަޞަދުގައި ކުރިއަށް ގެންދާ ޙަރާކާތެކެވެ. އެމްސީއެސް އިން އަންނަނީ އަހަރުގެ އެކި ދުވަސްވަރުގައި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ އެކި ޙަރަކާތްތައް ރާވާ ހިންގަމުންނެވެ.