ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019: މުބާރާތުގެ ދެވަނަ މެޗު ކުޅެފި

މާލޭ މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019 ގެ ދެވަނަ މިއަދު ކުޅެފި އެވެ.

މާފުށީ ޖަލާއި އީއެސްޖީ ވާދަކުރި މި މެޗް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0 – 0 ގެ ނަތީޖާއަކުން މެޗު އެއްވަރު ވެގެންނެވެ.

މެޗުގައި އެއްވެސް ޓީމަކުން ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަ ވެސް ދެޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކައިފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލް ކުރީ މާފުށީ ޖަލުގެ ޖާރޒީ ނަންބަރު 2 ޖައިލަމް ޖަމީލް އެވެ.