ޕެރޯލް އޮފީހުގައި މަސައްކަތް ކުރާ އޮފިސަރުންނަށާއި މުވައްޒަފުންނަށް ވާރކްޝޮޕެއް ހިންގައިފި

ޕެރޯލް އޮފީހުގައި މަސައްކަތް ކުރާ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހުޅުމާލޭ ޖަލުގައި ވަރކްޝޮޕެއް ހިންގައިފި އެވެ.

މި ވޯކްޝޮޕަކީ ޕެރޯލް ދާއިރާގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި ސިވިލް އޮފިސަރުންނަށް ޕެރޯލްއާއި ބެހޭ މުހިއްމު މަޢުލޫމާތުތައް ޙިއްސާކުރުމާއި، ދިވެހިރާއްޖޭގެ ޖަލުތަކުގައި ޕެރޯލްއަށް ޢަމަލުކުރަމުންދާ ގޮތްތަކާއި، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކިޔައިދީ އެކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރި ވޯކްޝޮޕެކެވެ. ހަމަ އެހެންމެ ބޭރުގެ ޤައުމުތަކުން ޕެރޯލްއަށް އަމަލުކުރަމުންދާ ގޮތްތަކާއި، ޕެރޯލްއާއި ގުޅުންހުރި ޤަވާއިދުތަކާއި އުސޫލުތައް ކިޔައިދީ، ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫކުރާ ޤައިދީންނާމެދު ޢަމަލުކުރަންވީ ގޮތްތަކާއި، މޮނިޓަރ ކުރުމުގައި ގެންގުޅެންޖެހޭ އުސޫކލުތައް ކިޔައިދީ ކުރިއަށް ގެންދިޔަ ވޯކުޝޮޕެކެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން އިންތިޒާމް ކޮށްގެން ހުޅުމާލޭ ޖަލުގައި ކުރިއަށްގެންދިޔަ މި ވަރކްޝޮޕްގައި 11 އޮފިސަރުންނާއި 2 މުވައްޒަފުން ބައިވެރިވި އެވެ.