ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ބައެއް ބަދަލުތައް ގެނެސްފި.

ކޮންމެ އިންތިހާބަކާ ދިމާކޮށް ޖަލުތައް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަން އުޅުމަކީ އެއާ ދެކޮޅަށް ކޮންމެ ފަހަރަކުވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަރަށް ބޮޑަށް ތައްޔާރުވާ ކަމަކަށްވެފައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ އޮޕަރޭޝަންގެ ކަންތައްތައް ސެންޓްރަލީ ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް އެމްސީއެސްގެ ބައެއް ވެރިން ބަދަލު ކޮށްފިއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން މިދާ ދުވަސްކޮޅު ކޮމިޝަނަރ އޮފް ޕްރިޒަންސް ގެންނެވި ބަދަލުތަކުގެ ތެރޭގައި މާލެ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަގާމަށް އެސްޕީ އިބްރާހިމް މުހައްމަދު ދީދީ އަދި މާފުށި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަގާމަށް ސީޕީއޯ އަހްމަދު ރިޒާ ވަނީ ހަމަޖައްސަވާފައެވެ. އަދި އެމްސީއެސް ގެ ދެ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިން ކަމަށްވާ އެސްޕީ މޫސާ އަންވަރު އަދި އެސްޕީ މުހައްމަދު ޝާހީން އަލީ، މޯލްޑިވްސްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއާޓަރުގައި މަސައްކަތް ކުރައްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

އަދި މި ބަދަލުތަކާ ގުޅިގެން އަމުރުމައުރޫފު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ބައެއް އިތުރު ބަދަލުތައްވެސް ވަނީ ގެންނަވާފައެވެ.