ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ އޮޕަރޭޝަނަލް ބްރީފިން ބާއްވައިފިއެވެ.
ޖަލުތަކުގެ އިސްވެރިންނާއެކު މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައިވަނީ ޖަލުތަކުގައި ވޯޓުލުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި ވޯޓާ ދިމާކޮށް ޖަލުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާފައެވެ.
ކޮންމެ އިންތިހާބަކާ ގުޅިގެން ޖަލުތަކުގައި ތައްޔާރީ ހާލަތަށް ގެނެސް ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ.
މިއަދު އޮތް ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ބައިވެރިވެވަޑައިގެންނެވިއެވެ.