ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް މޯލްޑިވްސް ކަރެކްޝަނަލް ސަރިވސްގެ ހެޑް އޮފީހުގައި މަސައްކަތް ކުރަމުންގެންދާ ޕްރިޒަންސް އޮފިސަރުންނާއި މަދަނީ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު އެމް.ސީ.އެސްގެ ހެޑް އޮފީހުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ކޮމިޝަނަރ ޢާޒިމް ވިދާޅުވީ ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ޚިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކަށްވެސް އިޙްތިރާމާއެކު ހެޔޮހިތުން މުއާމަލާތު ކުރެއްވުމަށެވެ. އަދި މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގައި ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންފުޅު ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ހެޑް އޮފީހުގެ ގިނައަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.