މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި މޫސާ އާޒިމް އެ މަގާމުން ވަކި ކުރައްވައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެމަގާމަށް ރައީސް ޔާމީން މިއަދު އައްޔަން ކުރައްވާފައިވަނީ ހ. ފާލަންދޮށުގޭ މުޙައްމަދު ހުޝާމެވެ. ހުޝާމަކީ މީގެ ކުރިން ޑީޕީއާރުއެސްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.