ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް، ހ. ދިޔަދޫ މޫސާ އާޒިމް މިއަދު އައްޔަނު ކުރައްވައިފި އެވެ.

މޫސާ އާޒިމް މިހާތަނަށް ހުންނެވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސުޕްރިންޓެންޑެންޓުގެ މަޤާމުގަ އެވެ. އޭގެ ކުރިން، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ޑެޕިއުޓީ ސްޕްރިންޓެންޑެންޓުގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.

މޫސާ އާޒިމަކީ، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަނަލް ސަރވިސަސްއިން ކަމާގުޅޭ ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.