ޑީޕީއާރުއެސް އިސްވެރިޔާގެ މަގާމަށް ހުސެއިން މަނިކު ހަމަޖައްސަވައިފި

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް ބަލަހައްޓަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް ހުސައިން މަނިކު ދޮންމަނިކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

އެމަގާމަށް ހުސެއިން މަނިކު ހަމަޖައްސަވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރޓ) މުހައްމަދު ފަޔާޒުގެ މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އައްޔަންކުރެއްްވުމަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީ އެވެ.

ހުސެއިން މަނިކު ވަނީ ސަރުކާރަށް ވެސް ދިގު މުއްދަތަކު ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން އެޓޯލްސް މިނިސްޓްރީގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ.