އެމްސީއެސްގެ 46 ވަނަ އަހަރީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 46 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ޖަލުތަކުގައި ވަކިވަކީންނެވެ.

_MG_5146

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް ރޭންކްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލުތަކުގައި ވަކިވަކިން ބޭއްވި މި ރަސްމިއްޔާތުތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޚިދުމަތްކޮށްދީފައިވާ އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލްދިނުން އޮތެވެ.