ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް ތިނެއް މާފުށީ ޖަލުގައި ފަށައިފި.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގެ ޤައިދީންނަށް ރިހެބިލިޓޭޝަން ފްރޭމް ވޯރކް ފޭސް 3 ގެ ފުރަތަމަ ޕްރޮގްރާމް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ ފެސިލިޓޭޓަރުންނެވެ.

މި ފޭސް ހިންގުމުގެ ބޭނުމަކީ ފޭސް ނިންމާ ކޮންމެ މީހަކީ ސަރުކާރު ޤަބޫލްކުރާ ފެންވަރުގެ ތަޢުލީމާއި، ތަމްރީންނެއް ލިބިފައިވާ މީހަކަށް ހެދުމާއި، އަމިއްލަ ދިރިއުޅުމަށް ފައިދާ ކުރުވަނި މަސައްކަތެއް ދަސްކޮށްދެވިފައިވާ މީހަކަށް ހެދުމާ  އަދި ޤައުމީ ސަނަދު އޮނިގަނޑު ލެވަލް-3ގެ ސެޓްފިކެޓެއް ހާސިލްވާނެ މިންވަރަށް ތައުލީމާއި ހުނަރު ދަސްކޮށްދިނުމެވެ. އަދި މިފޭސް ފުރިހަމަކުރާ ކޮންމެ މީހަކީ ފޭސް-4 ގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އެމީހަކަށް ތަމްރީނު ލިބިފައިވާ ދާއިރާއަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްވާ މީހަކަށް ހެދުމެވެ.

ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ ޖަލަށް ނާންނާނެ ގޮތަކަށް ޕްރޮގްރާމްތައް ބައްޓަންކޮށް އެމީހުންނަށް ރައްކާތެރި ވެއްޓެއް ގައިމުކޮށްދީ ކިޔަވައިގެންތިބި ހަރުދަނާ ބަޔަކަށް ހެދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.