ޑީސީޕީ ޒިލާލް ބަންގުލަދޭޝްއަށް ކަނޑައަޅާފައިހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރުއާއި ބައްދަލުކުރައްވައިފި

ޑީސީޕީ ޒިލާލް ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން---

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ދިވެހިރާއްޖެއިން ބަންގުލަދޭޝްއަށް ކަނޑައަޅާފައިހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރުއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ބަންގުލަދޭޝްގެ ޑާކާގައި ހުންނަ ދިވެހި އެމްބަސީގައެވެ.

މިބައްދަލުވުމުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ ސަލްމާން ރަޝީދު އާއި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ހެޑް، އެސްޕީއޯ އަހުމަދު ލުގުމާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ބަންގުލަދޭޝްގެ ޕްރިޒަން ސިސްޓަމްގެ ތެރެއިން އިތުރު ތަމްރީނު ފުރުޞަތުތައް ހޯދުމާއި ގުޅޭ ގޮތުންނެވެ.

މިބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޑިސީޕީ ޒިލާލް ވަނީ ދިވެހި އެމްބަސީގައި އޮތް މާހެފުމުގައި ބައިވެރިވެވަޑައިގަންނަވާ، އެމްބަސީގައި އޮންނަ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.