ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 ގެ ބައިވެރިންނާ ޑީސީޕީ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 ގެ ބައިވެރިންނާ ބައްދަލުކުރެއްވުން

ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 ގެ ބައިވެރިންނާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭއެސްޕީ އަބްދުﷲ އަމީން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް ރޭންކުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ މި ޕްރޮގްރާމަކީ ޖަލަށް ވަންނަ ކޮންމެ ގައިދީއަކުވެސް ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމަށް ހުރިހާ ގައިދީންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ގައިދީންގެ އަހުލާގަށް މި ޕްރޮގްރާމްގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސް، ގައިދީން އަނބުރާ މުޖުތަމައަށް ދިއުމަށް މި ޕްރޮގްރާމް އެހީތެރިވެދޭނެ ކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމް ފުރިހަމަކުރުމަށް ހުރިހާ ގައިދީންނަށް ޑީސީޕީ ޒިލާލް ނަސޭހަތްތެރި ވެލެއްވިއެވެ.

ޑިސީޕީ ޒިލާލްގެ ވަހަކަފުޅު ނިންމަވާލެއްވުމަށްފަހު ބައިވެރިންނަށް ވަނީ ސުވާލުކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. އަދި ކުރެއްވި ސުވާލުތަކަށް ޑީސީޕީ ޒިލާލްވަނީ ޖަވާބުދެއްފާއެވެ.