‏އައްސޭރި ޖަލަށް ދަތުރުކުރަން އޮންނަ މަގު ސާފުކޮށްފި‏

‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލަށް ދަތުރުކުރަން އޮންނަ މަގު ސާފުކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ. ‏
‏މިއަދު ހެނދުނު 09:00 ގައި ފެށި މި މަސައްކަތުގައި، އައްސޭރި ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ހިންމަފުށީ ޖަނަވަރީ މަގުގެ ‏‏މީހުން ދިރިއުޅޭ ގެތަކާއި ހިސާބުން ފެށިގެން އައްސޭރި ޖަލާއި ހަމައަށް އެ މަގުގައި ހެދިފައި ހުރި ވިނަތަށް ނޮޅައި ސާފުކޮށްފައެވެ. އަދި ‏‏މަގުގެ ބިން ގަނޑު އަޑިވެ، ފެންހެދޭ ތަންތަނަށް ވެލި އަޅާ އެއްވަރު ކޮއްފައެވެ. ‏
‏މި ސަރަހައްދަކީ ގާތްގަނޑަކަށް 30 ފޫޓް ފުޅާ 3500 ފޫޓް ދިގު ސަރަހައްދެކެވެ.‏
‏އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެއިން ވިދާޅުވީ މި މަސައްކަތް ‏‏ކުރިއަށް ދިޔައީ ވަރަށް ޖޯށާއި ފޯރީގައި ކަމަށާއި މި މަސައްކަތުގައި ބައިވެރިވި ހުރިހާ އޮފިސަރުންނަށާއި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ‏‏ޝުކުރު އަދާކުރައްވާކަމަށެވެ.‏