‏ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް “ޔުނޮޕްސް”ގެ ސައުތު އޭޝިއާގެ ‏‏ޑިރެކްޓަރ އެންޑް ރެޕްރެޒެންޓެޓިވްއާ ބައްދަލުކުރައްވައިފި‏

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) ގެ ސައުތު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ އެންޑް ރެޕްރެޒެންޓެޓިވް، މިސް ފްރާންސްވާޒް ޖެކަބްސް އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ޖަލުތައް ޑިޒައިން ކުރުމާއި ޖަލުތަކުގެ އިންފްރާސްޓްރަކްޗަރ ބިނާކޮށް ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުންނެވެ.

ޔުނޮޕްސްއަކީ އ.ދ.ގެ ޕާޓްނަރުންގެ ސުލްހަ ގާއިމުކުރުމުގެ ޕްރޮޖެކްޓްތަކާއި، އިންސާނީ ހައްގުތަކާއި ތަރައްގީގެ އެކި ޕްރޮޖެކްޓްތައް ހިންގުމަށް މަގުފަހިކޮށްދޭ ގޮތްޕެކެވެ.