‏ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް ބައްލަވާލައިވައިފި‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިޙާން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް)ގެ ދަށުން ހިންގާ މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް ކުރިއަށްދާގޮތް އިއްޔެ ބައްލަވާލައްވައިފިއެވެ.

ބައުންޑަރީ ވޯލްގެ މައްސައްކަތް ބައްލަވައިލެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު ވެސް ވަޑައިގެންނެވިއެވެ.

މި ފާރަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރުގެ މަސައްކަތް ކުރަމުންގެންދަނީ އޮފިސަރުންނާއި އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ގައިދީންވެސް ބޭނުންކޮށްގެންނެވެ.

މި ފާރުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން 28 މޭ 2016 ގައި ހެޑް އޮފީހާއި މާލޭ ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ މުވައްޒަފުން ގުޅިގެން ހާއްސަ މަސައްކަތު ދުވަހެއް ވެސް ވަނީ ފާހަގަކޮށްފައެވެ.