މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ އޮފިސަރުންނާއި އެކު އިއްޔެގެރޯދަ ވީއްލުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މި ރޯދަ ވީއްލުމުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.
މި ރޯދަ ވީއްލުމަކީ މާފުށީ ޖަލުން ކޮންމެ އަހަރަކުވެސް އިންތިޒާމްކުރާ ރޯދަވީއްލުމެކެވެ.