ހެޑް އޮފީހުގެ އަންހެން މުވައްޒަފުންގެ މެދުގައި އެއްދުވަހުގެ ފުޓްބޯޅަ މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތް ބޭއްވުނީ އައްސޭރި ޖަލުގެ ފުޓްބޯޅަ ދަނޑުގައިއެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ ތިން ޓީމް؛ އެއީ ޓީމް ރެޑް، ޓީމް ބްލޫ އަދި ޓީމް ގްރީންއެވެ.
މި މުބާރާތް ކުރިއަށް ދިޔައީ ތިން ޓީމުވެސް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. މި ގޮތުން ޓީމް ބްލޫ އާއި ޓީމް ރެޑް ފައިނަލުގައި ބައްދަލުކޮށް ޓީމް ބްލޫ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން 0:2 ންނެވެ.
މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ ގޮތުން ރޭވުނު މި މުބާރާތުގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރުންނާއި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްވެސް އިއްޔެ ވަނީ ކުޅެފައެވެ.