އައްސޭރި ޖަލުގެ އޮފިސަރުންނާއި ހެޑް އޮފީހުގެ އޮފިސަރުންގެ މެދުގައި އިއްޔެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މި މެޗް ކުޅެފައިވަނީ އައްސޭރި ޖަލުގެ ފުޓްބޯޅަ ދަނޑުގައިއެވެ.
މި މެޗްގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިފައިވާއިރު، މެޗް ކާމިޔާބު ކޮށްފައިވަނީ އައްސޭރި ޖަލުގެ ޓީމުން 2:1 ލަނޑުންނެވެ.
މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ ގޮތުން ކުޅެވުނު މި މެޗް ރާވާފައިވަނީ ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން އިސްނަގައިގެންނެވެ.
އައްސޭރި ޖަލުގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރަމުން ޑެޕިއުޓީ ސުޕަރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ވިދާޅުވީ ކުރިއަށް އޮތްތާނގައިވެސް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މިފަދަ ކަންކަން ރޭވިފައިވާކަމަށެވެ.