މާފުށީ ޖަލުގެ ޕްރިމީޓަރ ސާފުކުރުމުގެ މަސައްކަތް އެޖަލުގެ އޮފިސަރުން މިއަދު ކޮށްފިއެވެ.
މި މަސައްކަތުގައި މާފުށީ ޖަލުގެ އެކި ޑިޕާޓްމަންޓް ތަކާއި ސެކްޝަން ތަކުގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މާފުށީ ޖަލުގެ އޮފިސަރުން އެ ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ޖޯޝާއި ފޯރިއާއި އެކުގައެވެ.
މި އިވެންޓްގައި 300 މީޓަރުގެ ބިން ސާފުކޮށްފައިވާކަމަށް މާފުށީ ޖަލުން މައުލޫމާތު ދެއްވައެވެ.