ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މިއަދު އައްސޭރި ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.
ކޮމިޝަނަރ އައްސޭރި ޖަލަށް ޒިޔާރަތްކުރައްވައި، އެ ޖަލުގެ އިންޑަސްޓްރިއަލް ޒޯންގައި ކުރެވެމުންދާ ތަފާތު މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ. އަދި މީގެ އިތުރުން ކޮމިޝަނަރ ޝިހާން ވަނީ އައްސޭރި ޖަލުތެރޭގެ ހާލަތު ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.