މާފުށީ ޖަލުގެ ސްޓާފުން ނުކުމެ މާފުށީގެ ބޮޑުމަގާއި ޕްރީސްކޫލް ހިމެނޭ މަގު ސާފުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ މާފުށީ ޖަލުގެ އަހަރީ ދުވަހާއި ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގެ ސްޓާފުން ނުކުމެ މާފުށީގެ ބޮޑުމަގާއި ޕްރީސްކޫލް ހިމެނޭ މަގު ސާފުކޮށް، އެއްވަރު ކުރުމުގެ މަސައްކަތް ކޮށްފިއެވެ.

މިއަދު ހެނދުނު 9 ޖެހިއިރު ފެށުނު މި މަސައްކަތް ނިންމާލީ މެންދުރު 12:30 ގައެވެ. މި މަސައްކަތުގައި މާފުށީ ޖަލުގެ 150 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

މާފުށީ ގެ ތަރައްޤީއަށް ޖަލުގެ ފަރާތުން އަބަދުވެސް އެކިފެންވަރުގައި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.