އައްސޭރި ޖަލަށް އެކަހެރި ބައްދަލުވުމަކަށް ދިޔަ އަންހެނަކު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޝައްކުކުރެވޭތީ ފުލުހުންނާ ޙަވާލުކޮށްފި

އައްސޭރި ޖަލުގައި ހުންނަ އޭނާގެ ފިރިމީހާއާއި އެކަހެރި ބައްދަލުވުމަށް ދިޔަ އަންހެނަކު މަސްތުވާ ތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޝައްކު ކުރެވޭތީ އެ އަންހެންމީހާ މިއަދު ފުލުހުންނާއި ޙަވާލުކޮށްފިއެވެ.
މި އަންހެންމީހާގެ ޢަމަލުތައް ހުރިގޮތުން އެވަގުތު ޑިއުޓީގައި ތިބި އަންހެން ޖަލުއޮފިސަރުން ވަނީ އެ މީހާއާ ސުވާލުކޮށް، ފުލުހުންގެ ޙާޟިރުގައި އޭނާގެ ކުޑަކަމުދާތަކެތި ނަގާފައެވެ.
މިކަން ހިނގާފައިވަނީ މިއަދު ހަވީރު 16:30 ހާއިރު އައްސޭރި ޖަލުގައެވެ.