“އައްސޭރި ޕްރިޒަން ކަޕް 2015″ ފުޓްބޯޅަ މުބާރާތް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގެ ތެރެއިން އައްސޭރި ޖަލުގައި “އައްސޭރި ޕްރިޒަން ކަޕް 2015″ ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް އިއްޔެ ފަށައިފިއެވެ.

16 މާރޗް އިން 27 މާރޗް އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްސޭރި ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި އައްސޭރިޖަލުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބަރާތުގައި އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ޖުމްލަ 5 ޓީމް ބައިވެރިވެފައި ވެއެވެ. މި މުބާރާތް ކުޅޭނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށްދާގޮތަށެވެ.

މި މުބާރާތް ފައްޓަވާ ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ.

Asseyri cup1

މުބާރާތް ފައްޓަވައި ދެއްވަމުން ކޮމިޝަނަރ ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭ ބަޔަކަށް ވާތީ މުބާރާތް ކުޅެވެމުންދާއިރު އެއްވެސް އެންޖަރީއެއްނުވެ، މުބާރާތް ނިންމާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންމެ އޮފިސަރަކުވެސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް މުބާރާތުގެ މަޤްޞަދު ޙާޞިލް ކުރުމަށް މަސައްކަތް ކުރުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ. އަދި މި މުބާރާތުގައި ހުޅުމާލެ ޑިޓެންޝަން ސެންޓަރ ބައިވެރި ކޮށްގެން މުބާރާތް ކުރިއަށް ގެންދަވާކަމަށްޓަކާ އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، ސަބް އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން އަށް ޝުކުރު އަދާކުރެއްވިއެވެ.

އިއްޔެގެ މެޗްގައި ބައްދަލްކުރީ އެފް.ސީ ޔުނިޓީ އާއި އާޗާ އެވެ. މިމެޗް ނިމުނީ  1-1 އެއްވަރުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޗާ ޓީމްގެ ޖާރޒީ ނަންބަރ 8، ޕްރިޒަންސް ލާންސް ކޯޕްރަލް އިބްރާހިމް ރަޝީދު މުޙައްމަދު އެވެ.