މާފުށީ ޖަލުގެ އޮފިސަރުން ހާއްސަ ހިނގާލުމެއް މާފުށީގައި ބާއްވައިފި

ރާއްޖޭގެ އެންމެ ބޮޑު ޖަލު ކަމުގައިވާ މާފުށީ ޖަލުގެ އޮފިސަރުން މިއަދު ހަވީރު މާފުށީގައި ހާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުމަކީ މަފުށީ ޖަލު ސެކިއުރިޓީ ގޮތުން ތައްޔާރުވެފައިވާ މިންވަރު ވަޒަން ކުރުމަށާއި، މުވައްޒަފުންގެ މޯޓިވޭޝަން ވަރުގަދަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. މި ހިނގާލުމުގައި މާފުށީ ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ވަނީ ބައިވެރި ވެފައެވެ. ހިނގާލުން ފެށުމުގެ ކުރިން ހުރިހާ އޮފިސަރުން ވަނީ އަޒުމް އާކޮށްފައެވެ. އިސްވެ އަޒުމް ލައިދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އިންސްޕެކްޓަރ މުޙައްމަދު ޝާހީން އެވެ.

މި ހިނގާލުމުގައި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި، އެކި ރޭންކް ތަކުގެ ސީނިއަރ އޮފިސަރުންވެސް ވަނީ ބައިވެރިވެފައެވެ.