އެންޓްރީ ލެވެލް ޓްރޭނިން ޕްރޮގްރާމް 18 ވަނަ ބެޗްގެ ޕާސިން އައުޓް 01 ޖޫން 2015 ގައި

އެންޓްރީ ލެވެލް ޓްރޭނިން ޕްރޮގްރާމް ( އީ.އެލް.ޓީ.ޕީ ) 18 ވަނަ ބެޗްގެ ޕާސިން އައުޓް 01 ޖޫން 2015 ގައި ބޭވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނިންމައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ޖޫން 01 ވަނަ ދުވަހުގެ ރޭ މާފުށި ޖަލުގައެވެ. އީ.އެލް.ޓީ.ޕީ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރަކުމެ  ފުރިހަމަކުރަންޖެހޭ ޕްރޮގްރާމެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މިވަގުތު މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީވެސް މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ އޮފިސަރުންކަމުގައި ފާހަގަކުރަމެވެ. އީ.އެލް.ޓީ.ޕީ އަކީ ޕްރިޒަން އޮފިސަރުންގެ ބޭސިކް ޓްރޭނިންގ ޕްރޮގްރާމެވެ.