މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑްސެންޓަރ ބިމުގައި ހުރި ބެރެކްސް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މި އިމާރާތަކީ މާލޭ ޖަލުގެ އޮފިސަރުންނަށް ބެރެކްސްއެއްގެ ދަތިކަން ދިމާވެފައިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރިމާންޑް ސެންޓަރުގެ ބިމުގައި ކުރަމުންގެންދާ މަސައްކަތެކެވެ. މި އިމާރާތަކީ ކުރިންވެސް މިތަނުގައި ހުރި އިމާރާތެއްނަމަވެސް އެތަނުން ބޭނުންވާ ޖާގަ ނުލިބުމުގެ ސަބަބުން މި އިމާރާތް މިހާރު ދެބުރިއަށް ނަގައި ޖާގަ އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މަސައްކަތުގައި ހަރަކާތްތެރި ވަމުންދަނީ މާލޭ ޖަލުގެ މުވައްޒަފުންގެ އިތުރުން ޖަލުގެ އެލަވަންސް ވަޒީފާގައި މަސައްކަތްކުރާ ޤައިދީންނެވެ.