މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ޓްރިޒަން ސެކިއުރިޓީ އެންޑް އިންޓެލިޖެންސް ޓްރޭނިންގ ” ޕްރޮގްރާމް އައްސޭރި ޖަލުގައި މިއަދު ހިންގައިފިއެވެ.

މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން، ޓެޓްރާޓެކް އިންޓަރނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުން ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް 2026 އަހަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ތަކުގެ ތެރެއިން އެއް ޓްރޭނިންގ ޕްރޮގްރާމެކެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މި ސަރވިސްގެ ހިންގުން ހަރުދަނާކޮށް، ޖަލުތަކުގެ ސެކިއުރިޓީއާއި ޕްރިޒަން އިންޓެލިޖެންސާ ގުޅޭގޮތުން އޮފިސަރުން ތަމްރީނުކުރުމެވ

މި ޓްރޭނިންގ ޕްރޮގްރާމްގައި ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ 12 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެސްދެއްވާފައި ވަނީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސްއެވެ.




