އެފް.ސީ ބްރާވޯ އާއި އެޗް.ޑީ.ސީ ފައިނަލަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޮޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “އެސްކޮޓް ޗެލެންޖް 2015″ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެފްސީ ބްރާވޯ އާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޓީމް ދަތުރު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލަށް އެފްސީ ބްރާވޯ ދަތުރުކުރީ، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެފްސީ ބްރާވޯ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށްފައެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އެފްސީ ބްރާވޯ ބައްދަލުކުރީ އެޗް.ކިއު ޓީމް އާއިއެވެ. މި މެޗް 2-1 އިން ކާމިޔާބުކުރީ އެފްސީ ބްރާވޯއެވެ.

MG_4691-620x413

ސެމީފައިނަލްގެ ދެވަނަ މެޗްގައި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޓީމް ބައްދަލުކުރީ އެފްސީ ޗާލީ އާއިއެވެ. މި މެޗް 14-7 އިން ކާމިޔާބުކުރީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޓީމެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި، ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޓީމް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށްފައެވެ.