އައިކޯސްޓް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ޤައިދީންނަށް ހިންގާ އެގްރިކަލްޗަރ ކޯސް މިއަދު ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ޤައިދީންނަށް ހިންގާ “ސެޓްފިކެޓް 1 އިން ސްޓާޓިންގ އެގްރިކަލްޗަރ ކޯސް” މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ކޯސް ފައްޓަވައި ދެއްވަމުން ސީނިއަރ ޕްރިޒަންސް އޮފިސަރ އަހްމަދު ޝާހިދު ވިދާޅުވީ ހުރިހާ ގައިދީންވެސް މި ކޯހަށް ބަރާބަރަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި އެހެން ގައިދީންނަށްވެސް މިފަދަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ކޯހަކީ ފަސް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހަކަށްވާއިރު، މި ކޯހުގައި ޖުމްލަ 10 މޮޑިއުލް ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ. މި ކޯހުގައި ޕްރެކްޓިކަލް ކްލާސް ތަކުގެ އިތުރުން ތިއަރީ ކްލާސްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  އަދި މި ކޯހުގައި 32 ގައިދީންނާއި ތިން އޮފިސަރުން ވަނީ ބައިވެރި ވެފައެވެ.

????????????????????????????????????

ޖަލުތަކުގައި ތިބި ގައިދީންނަކީ ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން އަންނަނީ ގައިދީންނަށް ތަފާތު ދާއިރާތަކުން ކޯސްތައް ހިންގަމުންނެވެ. އެގޮތުން މިހާރުވެސް ފަހާ ކޯހަކާއި، ޤާރީ ލެވެލްގެ ކޯސްތަކުގެ އިތުރުން ކޮމްޕިއުޓަރ ކޯހެއް ކުރިއަށް ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.