ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންންސް ޙަސަން ޒިލާލް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ރޭ ފުރާވަޑައިގެންފިއެވެ.
މިދަތުރުފުޅަކީ ފެބްރުއަރީ 23 ން 26 ށް، ރޯޔަލް ގަވަމެންޓް އޮފް ކެމްބޯޑިއަރގެ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ކޮމެޓީން ކޯ ސްޕޮންސަރ ކޮށްގެން “މަލްޓިލެޓްރަލް ކައުންޓެރިން ވަޔަލެންސް އެކްސްޓްރީމިޒަމް ވޯކިންގ ގްރޫޕް” އިން އިންތިޒާމްކޮށްގެން ކެމްބޯޑިއާގެ ސީމް ރީޕް ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.





 
         
            
                
 
                     
                                 
                                 
                                 
                             
                             
                             
                             
                            