އެމްސީއެސްއިން އަރކް އާއި ޔުނިސެފްއާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޓްރޭނިންގއެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އެޑްވޮކޭޓިންގ ފޮރ ރައިޓްސް އޮފް ޗިލްޑްރެން (އަރކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އާ ގުޅިގެން “ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

އޮކްޓޫބަރ 12 ން ފެށިގެން 15 އަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމަކީ މި ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ކުޑަކުދިންގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިކުރުމުގެ އިތުރުން ކުޑަކުދިންނާއި މުޢާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް އަހުލުވެރިކުރުމުގެ މަޤްސަދުގައި ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޖަލުތަކާއި ހެޑް އޮފީހުން ޖުމްލަ 37 އޮފިސަރުންނާއި 01 ސިވިލް އޮފިސަރު ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ކުޑަކުދިންގެ އަދުލުގެ ޤާނޫނު (ނަންބަރު 18/2019) ގައި ބަޔާންކޮށްފައިވާ ފަދައިން މި މުއައްސަސާގައި ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް އޮފިސަރުންތަކެއް ތަމްރީންކުރެވި، ހާއްސަކުރެވިގެން ދިއުމަށް މަގުފަހިވާނެއެވެ.

މި ޕްރޮގްރާމުގައި ކިޔަވާދެއްވާފައިވަނީ އެކި މުއައްސަސާތަކުގެ ފަންނީ ބޭފުޅުންނެވެ. މީގެ ތެރޭގައި އާރކް، ޔުނިސެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ތިބާ ސައިކޮލޮޖީ އަދި އެމްސީއެސްގެ ބޭފުޅުން ހިމެނެއެވެ.