ކ. ހިންމަފުށީގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ސާފުކުރުމުގެ މަސައްކަތުގައި އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވެއްޖެ

ކ. ހިންމަފުށީ ކައުންސިލުން އިސްނަގައިގެން، އެރަށުގައި މަދިރި މަދުކުރުމުގެ މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ބައިވެރިވެއްޖެއެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ މި މަސައްކަތުގައި، މަދިރި މަދުކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމާއި ފެންގަނޑު ހެދޭ ހޮރުތަކަށް ފަސް އެޅުމާއި ތަންތަން ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތުގައި އެރަށުގައި ހަރަކާތްތެރިވާ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ކުންފުނި ތަކުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ.