ސެޓްފިކެޓް އެކެއް އިން ކަސްޓޯޑިއަލް ސްޕަވިޒަން ކޯސް މާލެޖަލުގައި ފަށައިފި

ސެޓްފިކެޓް އެކެއް އިން ކަސްޓިއަލް ސްޕަވިޒަން ކޯހުގެ ތިންވަނަ ބެޗްގެ ކިޔެވުން މާލެޖަލުގައި ފަށައިފިއެވެ.

މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންގެ ތެރެއިން ކޯޕްރަލް ރޭންކްއިން ފެށިގެން ދަށުގެ ޖަލު އޮފިސަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އިން ކުރިއަށް ގެންދާ ކޯހެކެވެ.

އިއްޔެފެށި މިކޯހުގައި މާލެޖަލުގައި މަސައްކަތްކުރާ 28 އޮފިސަރުން ބައިވެރިވެފައި ވެއެވެ. މިކޯހަކީ ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މިކޯހުގައި، ޖަލުގެ މިނިމަމް އަދި މީޑިއަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރައްޖެހޭ ގޮތްތަކާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައިދެވޭނެއެވެ. އަދި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް ކިޔަވައިދެވޭނެއެވެ.