ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ބެލުމުގެ ދަށުގައި ތިބޭ އަންހެން ގައިދީންނަށް ހާއްސަ ހަރަކާތްތަކެއް މިއަދު ހިންގައިފިއެވެ.

ހެނދުނު 10:00 ގައި ފެށި މި ހަރަކާތްތަކުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކުގެ އިތުރުން ކުރެހުމުގެ ހަރަކާތަކާއި ކޭކު ފެޅުން ހިމެނުނެވެ. މިގޮތުން ކުޅިވަރުގެ ހަރަކާތްތަކުގައި ރިލޭ ރޭސް، ގޯނި ރޭސް ފަދަ ކުޅިވަރު ހިމެނުނު އިރު، ކުރެހުމުގެ ހަރަކާތުގައި ހުރިހާ ބައިވެރިން ކެންވާސް އެއް ތައްޔާރުކުރުން ހިމެނުނެވެ.
މާފުށީ ޖަލުގެ 61 އަންހެން ގައިދީން ބައިވެރިވި މި ހަރަކާތްތައް ރާވާ، ކުރިއަށް ގެންދިޔައީ އެ ޖަލުގެ ފީމޭލް ޔުނިޓް ގުޅިގެންނެވެ.





 
         
            
                
 
                     
                                 
                                 
                                 
                             
                             
                             
                             
                            