ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: ލީގު ޗެމްޕިއަންކަން ޓީމް އެޗްކިޔު އަށް!

ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019 ގެ ލީގު ޗެމްޕިއަންކަން ޓީމް އެޗްކިޔު އިން ހޯދައިފި އެވެ.

ޓީމް އެޗްކިޔު އަށް ލީގު ޗެމްޕިއަންކަން ލިބިފައިވަނީ 10 ޕޮއިންޓާއެކުގަ އެވެ. މީގެ އިތުރުން ޓީމް އެޗްކިޔު އިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ސެމީ އަށް ދަތުރުކޮށްފަ އެވެ. ސެމީ ފައިނަލުގައި ޓީމް އެޗްކިޔު ބައްދަލު ކުރާނީ މާލެ ޖަލާއެވެ.

ފޯރިގަދަ މެޗުތަކެއް ކުޅެމުން ދާ މި މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަ ކުރެ އެވެ. އެއީ، ޓީމް އެޗްކިޔު، މާލެ ޖަލު، މާފުށީ ޖަލު، އައްސޭރި ޖަލު އަދި އީއެސްޖީ އެވެ.