ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ އެމްސީއެސްގެ މުވައްޒަފުންނަށް ދޭ ގޮތަށް ހަމަޖައްސައިފި

ސަރުކާރުގެ އާ ސިޔާސަތާއި އެއްގޮތަށް، ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިތުރުކޮށްފި އެވެ.

އޮގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް، ވިހާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ޗުއްޓީ އެއް ބަންދު ދުވަސްތަކާއި އެކު މުސާރަ ދޭގޮތަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

އަދި ފިރިހެން އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދަރިއަކު ލިބުމުން، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ޗުއްޓީ އެއް ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.