“އައިކޯސްޓް ފޯރ ސޭފްޓީ އެވެއާނެސް”ގެ ނަމުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އާއި މާފުށީ ކައުންސިލް އާއި ގުޅިގެން “އައިކޯސްޓް ފޯރ ސޭފްޓީ އެވެއާނެސް” ޕްރޮގްރާމެއް މާފުށީގައި އިއްޔެ ކުރިއަށްގެންގޮސްފި އެވެ.

މި ޕްރޮގްރާމަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން، ޤައިމީ ފެންވަރުގައި މާފުށީގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން 2 ދުވަހުގެ މުއްދަތަށް މާފުށީ ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މާފުށި އަންހެން ކަނބަލުންނަށް މޫދަށް އެރި އެޅުމުގައި ދިވާވެދާނެ ހާދިސާތަކުން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކާއި މޫދަށް އެރިއުޅުމުގައި ރައްކާތެރިކަން ބަހައްޓަންވީ ކަންތައްތަކާއި ބެހޭގޮތުން މި ޕްރޮގުރާމްގެ ބައިވެރިންނަށް ވަނީ ކިޔާދީފައެވެ. އަދި މޫދުގައި ދިމާ ވާނެ ހާދިސާތަކަށް، ބައިވެރިން ކުރިމަތި ލުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކަންކަމުގެ މައްޗަށް ވެސް މި ޕްރޮގުރާމް ގައި ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

މާރޗް 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މާފުށީގެ 25 އަންހެން ކަނބަލުން މި ޕްރޮގްރާމްގައި ބައިވެރިވި އެވެ.