ކޮންޑިޝަނިންގ އެންޑް މެންޓޯރިންގ ވިތު އިންޓަރޕާސަނަލް ވަރކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސުޕަރވައިޒަރ، މެނޭޖަރ، އަދި ސެކްޝަން ހެޑް ލެވެލްގައި މަސައްކަތް ކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން ކޮންޑިޝަނިންގ އެންޑް މެންޓޯރިންގ ވިތު އިންޓަރޕާސަނަލް ވަރކްޝޮޕެއް ބާއްވައިފިއެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އައްސޭރި ޖަލުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2 ދުވަހުގެ މުއްދަތަށް، މި ފެބްރުއަރީ މަހުގެ 3 އަދި 4 ވަނަ ދުވަހު އެވެ.

މި ވަރކްޝޮޕަކީ، އޮފިސަރުންނަށް އެކި ދާއިރާތަކުން ސުޕަރވައިޒަރ ލެވެލްގައި ކަންކަން ހަރުދަނާގޮތުގައި ކުރާނެގޮތް ދަސްކޮށްދިނުމަށް ބޭއްވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޤައިދީންގެ މިޒާޖު ދެނެގަންނާނެގޮތާއި، ޤައިދީންގެ ކަންކަން ނިންމުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޤައިދީން ހުށަހަޅާ ޤާނޫނާއި ޚިލާފު ކަންކަމުން ދުރުހެލިވެ ތިބޭނެގޮތްތަކާއި، ކަންކަން ހައްލުކޮށް ގޮތް ނިންމައި އަދި އެކި ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުއަޅާނެ ގޮތްތައް ވަނީ އުނގަންނައިދީފައެވެ.