އޮފިސަރުންގެ 21 ވަނަބެޗް ހުވާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަލަށް ގުޅުނު އޮފިސަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސް.ޕީ.އޯ އަޙްމަދު ޝާހިދުގެ އިތުރުން ޑިވިޝަން ކޮމާންޑަރުންނާއި، ކޮމިޝަންޑް ރޭންކުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

12

މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ހުވާއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާ، ހުވާ ލައިދެއްވީ މާފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޖިނާން އިބްރާހިމް ލަޠީފް އެވެ.

ޖަލު އޮފިސަރުންގެ ހުވަޔަކީ ޤާނޫނު ނަންބަރ 14/2013 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކޮންމެ ޖަލު އޮފިސަރަކުވެސް ކުރަން ޖެހޭ ކަމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި 30 އޮފިސަރުން ހުވާކޮށް، ހުވާގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ.