މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް އިންސާނީ ޙައްޤުތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ.
ޖަލުތަކުގައި މަސައްކަތްކުރާ ސުޕަވައިޒަރ އަދި ޔުނިޓް މެނޭޖަރ ލެވެލްގެ އޮފިސަރުންނަށް އަމާޒުކޮށްގެން އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި މަޢުލޫމާތުދެއްވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ބޭފުޅުންނެވެ.
މި ވޯކްޝޮޕްގައި އިންސާނީ ޙައްޤަކީ ކޮބައިކަމާއި އިންސާނީ ހައްޤުތައް މުހިންމުވާ ސަބަބުތަކާއި އިންސާނަކަށްވީތީ ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކުގެ މައްޗަށް މަޝްވަރާކޮށް މަޢުލޫމާތު ހިއްޞާކޮށްފައިވެއެވެ.